ads
އޯއިސީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ފޮރިން މިނިސްޓްރީ
ފަލަސްތީނު މައްލަސިގަ ބާއްވާ އޯއިސީގެ ކުއްލި ބައްދަލުވުމުގަ ރާއްޖެއިން ބައިވެރިވަނީ
ގައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް އިން ކުރިއަށްގެންދާ ޢަސްކަރީ ހަމަލާތަކާ ގުޅޭގޮތުން ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އަ.ސީ.)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

ހާރިޖީ ވަޒީރުންގެ ފެންވަރުގައި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ އިސްލާމިކް ސަމިޓާއި އޯއަސީގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައިވާ ސަޢުދީ ޢަރަބިއްޔާ އިންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ދިވެހިރާއްޖެ އިން އަންނަނީ އެ ޖަމުޢިއްޔާގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިސްކަންދީ އޯއައިސީގެ މެމްބަރު ގައުމުތަކާ ގުޅިގެން އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ވަރަށް ބާރު މިނުގައި މަސައްކަތްކުރަމުން،" -ފޮރިން މިނިސްޓްރީ-

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އޯއައިސީގެ މައި އޮފީހުން. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 3 ޖަހާއިރު" ކަމަށް މިއަދު ފޮރިން މިނިސްޓްރީން ބުންޏެވެ. 

މި ބައްދަލުވުމުގައި އޯއަސީގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާއާއި އޯއަސީގެ ސެކްރެޓަރީ ޖެނެރަލް އަދި ފަލަސްތީނުގެ ހާރިޖީ ވަޒީރުގެ ތަގްރީރުކުރައްވަން ހަމަޖެހިފައިވެއެވެ. 

ދިވެހިރާއްޖެއިން ވެސް މިބައްދަލުވުމުގައި ތަގުރީރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، އަހްމަދު ހަލީލް ކަމަށް ފޮރިން މިިނިސްޓްރީން ބުނެއެވެ. 

ދިވެހިރާއްޖެ އޯ.އައި.ސީ.އާ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ގުޅިފައިވަނީ 1976 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް