ads
މުއިއްޒު އަލްޖަޒީރާއަށް އިންޓަވިއު ދެއްވަނީ: ފަައިލްފޮޓޯ
މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތު ދައުވަތު ދުނިޔޭގެ ހުރިހާ މީޑިއާތަކަށް ހުޅުވާލައިފި
މުއިއްޒު ހުވާކުރުމުގެ ރަސްމިޔާތު ދައުވަތު ދުނިޔޭގެ ހުރިހާ މީޑިއާތަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މަޖިލީހުން މިއަދު ބުނީ ރާއްޖެއިން ބޭރުގެ މީޑިއާތަކަށް ވެސް ބައިވެރިވުމަށް ނަންނޯޓުކުރަން ހުޅުވާލާފައިވާކަމަށެވެ. 

"ރަސްމިއްޔާތު ކަވަރު ކުރަން ޝައުގުވެރިވާ ބޭރުގެ މީޑީއާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ،" -ރައްޔިތުންގެ މަޖިލީސް-

ރެޖިސްޓާ ކުރުމަށް ހާއްސަ އޮންލައިން ފޯމުގެ ލިންކުވެސް މަޖިލީހުން މިއަދު ވަނީ އާންމުކޮށްފައެވެ. ޝައުގުވެރިވާ މީޑިއާތަކުން މިމަހުގެ 31 ވަނަ ދުވަހު ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. 

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރެއްވީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. އެއީ އިންތިހާބުގެ 54 ޕަސަންޓު ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވީ 109،868 ވޯޓުވެ. އެއީ %45 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ހުވާ ކުރާނީ އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް