ads
ޕާކިސްތާނުގެ އާ ކޯޗު
ޕާކިސްތާނުގެ ކާމިޔާބީ ބައިނަލްއަގްވާމީ ސުރުހީތަކަށް
ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުން މެޗަކުން މޮޅުވެ، ޕްރިލިމިނަރީ ދެވަނަ ބުރަށް ދަތުރުކުރުން، ބައިނަލް އަގްވާމީ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީއަށް އަރައިފިއެވެ.

ފަސް އަހަރު ފަހުން ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވުމުގެ އިތުރުން، އަށް އަހަރު ތެރޭ ޕާކިސްތާނުގައި ކުޅުނު ފުރަތަމަ ބައިނަލް އަގްވާމީ މެޗުން އެ ގައުމު މޮޅުވުމުން ފީފާއިންވެސް އެކަންވަނީ ފާހަގަކޮށްފައެވެ. އިސްލާމްއާބާދުގައި ކެމްބޯޑިއާ ބަލިކޮށް ޕާކިސްތާނުން ހޯދި މޮޅަކީ ތާރީހީ މޮޅެކެވެ.

ޕާކިސްތާނުގެ ވެރިރަށް  އިސްލާމްއާބާދުގެ ޖިނާހު ސްޕޯޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މެޗުން ޕާކިސްތާނު މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. އޭގެ ކުރިން މިދިޔަ ހަފްތާގައި ފްނޮމްޕެންގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިލިމިނަރީ ބުރުން ޕާކިސްތާނު މޮޅުވުމާއެކު ނޮވެމްބަރު މަހު ފަށާ ދެވަނަ ބުރުގައި ޕާކިސްތާނު ބައްދަލުކުރާނީ ސައުދީ އަރަބިއްޔާ، ތަޖިކިސްތާން އަދި އުރުދުންއާއެވެ.

ޖޫން 2019 އަށް ފަހު ބައިނަލްއަގްވާމީ މެޗެއް ނުކުޅެ އޮތުމަށް ފަހުން ޕާކިސްތާނުން ނޮވެމްބަރު 2022 އާއި ޖޫން 2023 އާ ދެމެދު އަށް މެޗު ކުޅުނުއިރު، އެކުވެރިކަމުގެ ފަސް މެޗު ހިމެނޭ ނަމަވެސް އެ ހުރިހާ މެޗެއް ބަލިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދިވެހި ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗާއި ސާފް ޗެމްޕިއަންޝިޕްގައި އިންޑިޔާގައި ކުޅުނު މެޗުތައްވެސް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް