ads
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންރާ ބައްދަލު ކުރެއްވުން - ފޮޓޯ:ފޮރިން މިނިސްޓްރީ
ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާ އިން ނިންމައިފި އެވެ.
Advertisement

އިންޑިއާ އިން އެގޮތަށް ނިންމީ ރައީސް ޑރ. މުހައްމަދުގެ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާއިން ރާއްޖެ އަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އެއް އަހަރަށް ފަސްކޮށްދިނުމަށް އެ ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެ 150 މިލިއަން ޑޮލަރުގެ އަނބުރާ ދައްކަން ތިން ވަނަ ޓީބިލް ހަމަވާނީ ސެޕްޓެމްބަރުގެ ތެރޭގަ އެވެ.

"އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ވެދީފައިވާ އެހީތެރިކަމަށް ވަރަށް ދީލަތިކަމާ އެކު ޝުކުރު އަދާކުރަން. ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރަން،" އެ ބަޔާނުގައި އެވެ.

އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ފަހަރަކު 50 މިލިއަން ޑޮލަރު މަގުން ގަތް ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ.

މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި އެދުނީ، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް