 
                                                                                                
                    ބަންގްލަދޭޝްއަށް ކުރާ ފުރަތަމަ އަދި ކުރު ދަތުރުގައި، ރޮނާލްޑީނިއޯ، ބަންގްލަދޭޝްގެ ފިރިހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޖަމާލް ބުއިޔާން އަދި އަންހެން ޓީމުގެ ކެޕްޓަން ސަބީނާ ޚާތޫންއާއި ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ އިސް އޮފިޝަލުންނާ ބައްދަލު ކުރުމަށްވަނީ ހަމަ ޖެހިފައެވެ.
ބްރެޒިލްގެ ތަރި، ރޮނާލްޑީނިއޯ މިއަދު ބަންގްލަދޭޝްއަށް އައިސް، އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އަރިހަށްވަނީ ޒިޔާރަތްކޮށްފައެވެ. އުމުރުން 43 އަހަރުގެ ބްރެޒީލިއަން ތަރި މިރޭ ދަންވަރު ބަންގްލަދޭޝްއިން ފުރާނެއެވެ. ބަންގްލަދޭޝްއަށް އޭނާ އައީ އިންޑިޔާގެ ކަލްކަތާއިންނެވެ.
ރޮނާލްޑީނިއޯގެ މި ދަތުރުގެ އިންތިޒާމު ހަމަޖައްސައިދިނީ އިންޑިއާގެ ކުޅިވަރު ވިޔަފާރިވެރިޔާ ޝަތަދުރު ދައްތާ އެވެ.