ads
ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދު ﷲ: ވިދާޅުވީ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުން ސިވިލް ސާވިސްއަށް ވަނަ ދީގެން ނުވާނެ ކަމަށް - ފޮޓޯ:މުއިއްޒު މީޑިއާ
ފުރިހަމަގޮތެއްގައި ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނީ މަޖިލިހުގެ މެޖޯރިޓީ ލިބިގެން
ފުރިހަމަގޮތެއްގައި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިގެންކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ސަރުކާރެއް ހިންގުމަށް މަޖިލީހުގެ މެޖޯރިޓީ ލިބުން ވަރަށް މުހިއްމުވާ ކަމަށެވެ. 

ގާނޫނު ހެދުމުގެ ބާރު އަދި ގާނޫނު އިސްލާހުކުރެއްވުމުގެ ބާރުވެސް އޮންނަނީ މަޖިލީހުގައިކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބޮޑެތި އިސްލާހުތައް އެބަހުރިކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި އަޅުނގަޑުމެންނަށް މިހާތަނަށް ތަޖުރިބާކުރެވުނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބޮޑެތި އިސްލާހުތައް އެބަހުރި. ބަދަލުތައް އެބަހުރި. އެބަދަލުތައް ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންނަށް މި ދެންނެވި އިސްލާހީ ޕްރޮގްރާމް އޭގެ އެންމެ ރަނގަޅުގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަންތައްތަކެއް އެބަހުރި". އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނޫނީ ސުޕާ-މެޖޯރިޓީ އޮވެގެން ނޫނީ ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް ނުގެނޭވޭނެކަމަށެވެ.

"އެހެންވީމާ މިހުރިހާކަމަށް ބަލާއިރު ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ." އަދުރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން އަދުރޭ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮވެ އޭގެ ބޭނުންކުރީ ނަހަމަގޮތުގައިކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕީޕީއެމް އިން 2013 އިން 2018 އަށް ވެރިކަންކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކުރީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ފޯރުކޮށްދިނުމަަށް ކަމަށް ވިދާޅުވަމުން އަދުރޭ ވިދާޅުވީ މެޖޯރިޓީ އޮންނައިރު މަސަކަތްކުރަންވާނީ އެގޮތަށް ކަމަށެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް