ads
މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ
މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
Advertisement

މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ، ސިވިލް ސާރވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، އެކަމަނާގެ ވަޒީފާއާބެހޭ މައްސަލައެކެވެ. 

ބުދަ ދުވަހު، ސާޖިދާ ހުށަހެޅުއްވި ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ މައްސަލައަކީ، އެކަމަނާގެ ވަޒީފާއާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހެޅުއްވި ހުށަހެޅުން އެ ކޯޓުން ބަލައި ނުގަތުމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ މައްސަލައެކެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު އަދި އެ ކޯޓުން ގޮތެއް ނިންމާފައިވާކަމެއް އެ ކޯޓުގެ ވެބްސައިޓަކުން އެނގޭކަށް ނެތެވެ. 

ސާޖިދާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން، މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުންނެވެ. އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. 

ހައިކޯޓަށް އެންމެ ފުރަތަމަ އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލީއެވެ. ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލީ، ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ގާނޫނީ ބަހުސެއް ހިމެނޭ ކަމެއް އިސްތިއުނާފުގައި ހިމަނާފައި ނެތުމުންނެވެ. 

ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރުކޮށްލުމުން، ދެވަނަ ފަހަރަށް ސާޖިދާ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ އެ ނިންމުން އަލުން ބަލައި ދިނުމަށް އެދިއެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ބެންޗުންވެސް ނިންމީ ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކޮށެވެ. ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލައަކީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމެވެ. 

މި މައްސަލައިގެ އަސްލަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމެއްގެ އިސްތިއުނާފެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ، ސިވިލް ސާވިސް ކޮމިޝަނުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ޑިރެކްޓަރ ޖެނެރަލެއް ހޮވުމާ ގުޅޭ މައްސަލައެވެ. 

53%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް