މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓުގައި އުޅެނީ އެއްޗެއް ގޮވައިގެންނެވެ. އެއްޗެއް ގޮވީ އެއާޕޯޓުގެ ފަޔާ ސްޓޭޝަންގައި ކަމަށް މައުލޫމަތު ލިބިފައިވެއެވެ.
މި ހާދިސާގައި އަނިޔާވި ބައެއް މީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންއެބަދެއެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެވެމުން އަންނަ ހަތަރު މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްކަމަށްވަނީ މައުލޫމާތު ލިބިފައެވެ.