ads
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މަރުވެފައި އޮއްވާ ފެނުނީ ރަސްފަންނާ ދިމާލުން ކަނޑަށް ފުންމާލި މީހާ
ކަނޑުމަތުން މިއަދު ފެނުނީ ގެއްލިގެން ހޯދަމުން އަންނަ ދިވެހި ފިރިހެނެއްކަން ޔަގީންވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެމީހާއަކީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން މިއަދު ބުނެފައިވަނީ  ރަސްފަންނާ ދިމާލުން ރޭ މޫދަށް ފުންމާލި މީހަކު ސަލާމަތް ކުރަން އުޅެނިކޮށް އެނާ ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށެވެ. 

ފުލުހުން ބުނީ ރޭ 19:25 ހާއިރު ފިރިހެނަކު މޫދަށް ފުންމާލި ކަމުގެ ރިޕޯޓު ލިބުނުކަމަށެވެ. 

"މި މައުލޫމާތު ލިބުމާއެކު ފުލުހުން ގޮސް ބެލިއިރު އެމީހާ މޫދުގަ ފެންނަން އޮތުން ސީން އަށް އެޓެންޑު ވި ފުލުހަކު އެމީހާ ސަލާމަތް ކުރަން މޫދަށް ފުންމާލައިގެން މަސައްކަތް ކޮށްފައިވޭ. ނަމަވެސް ފަތާފައި އެމީހާ އާ ހިސާބަށް ދެވުމުގެ ކުރިން އެމީހާ ވަނީ ވީނުވީއެްއ ނޭގި ގެއްލިފަ،" ފުލުހުން ބުންޏެވެ. 

އެމީހާގެ މައުލޫމާތު އެމްއެންޑީއެފްއާ ހިއްސާކުރިކަމަށާއި، އެމްއެންޑީއެފް އިން ވެސް އެ މީހާ ހޯދުމުގެ މަސައްކަތް ރޭ ކުރިކަމަށް ފުލުހުން ބުންޏެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް