ads
ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ރިޕޯޓު ހާމަކުރުމުން ފާއިތުވީ ފަސް އަހަރު، ސަރުކާރުގެ ހާލަތު އެނގޭނެ: އަދުރޭ
އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަސައްކަތްތައް ނިންމާލައި އާންމުކުރާ ރިޕޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފާއިތުވީ ފަސް އަަހަރު އޮތް ހާލަތު ސާފުވާނެކަމަށް ޑިރިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
Advertisement

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފެށީ 15 ދުވަހުން މަސައްކަތް ނިންމާލުމަށެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައިދިޔައިރު ވެސް މަސައްކަތް ނިންމާނުލެވުނު ނަމަވެސް، ހުކުރު ދުވަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. 

"ޖުމްލަގޮތެއްގަ މުއައްސަސާތަކުން ދޭ އެއްބާރުލުމާމެދު ހިތްހަމަޖެހޭ. ބައެއް އިދާރާތަކުން އެއްވެސް އެހީއެއް ނުދޭ،" އަދުރޭ ރޭ ސަންގު ޓީވީގަ ވާހަކަ ދައްވަމުން ވިދާޅުވިއެވެ. 

މި ރިޕޯޓުތައް ވެގެން ދާނީ ސަރުކާރުގެ ފަސް އަހަރުގެ ހާލަތު ވަރަށް ބޮޑަށް އެނގިގެން ދާނެ މައުލޫމާތުތަކަށް. ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ ބަނގުރޫޓުވެފައިވާ ހިސާބުގައި އޮތް އިރު މުޅި ގައުމުގެ ހާލަތު ވަޒަން ކުރެވެން އޮތީ އެ މައުލޫމާތުތަކުގެ ތެރެއިން،" 

ގޮތަށް ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަނޑައެޅި ވަގުތަށް މަސައްކަތް ނިންމާ ނުލެވުނެވެ.

އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފެށީ 15 ދުވަހުން މަސައްކަތް ނިންމާލާ ގޮތަށް ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަނޑައެޅި ވަގުތަށް މަސައްކަތް ނިންމާ ނުލެވުނެވެ.

"ކޮމިޓީގެ ރިޕޯޓުތައް މި ހަފްތާގައި ނިމި އެ މައުލޫމާތުތައް މީޑިއާތަކާއި ބައްދަލުކޮށް ހާމަކުރާނެ. ދަތިތަކެއް ދިމާވީ  ސަރުކާރުގެ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުދިނުމާ. މައުލޫމާތުތައް ދިނުމުގައި ލަސް ކުރުމުގެ ސަބަބުން،" 


ފެނަކަ ކުންފުންޏަށް މިހާރު ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، އޭގެ ތެރެއިން ގިނަ މުވައްޒަފުން ނަގާފައިވަނީ އެމީހުން ކުރާނެ މަސައްކަތެއް ވެސް ނެތް އިރު ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. 

އަބްދުުއްރަހީމް ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު ތިން ގުނައަށް އިތުރުވީއިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން، އޭގެ ތެރެއިން ގިނަ މުވައްޒަފުން ނަގާފައިވަނީ އެމީހުން އިށީންނާނެ ގޮނޑިއެއް، އަދި ކުރާނެ މަަސައްކަތެއް ވެސް ނެތިކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހުރީ ބަނގުރޫޓުވުމާ ހަމާގައި ކަމަށާއި ފެނަކައަކީ އެގޮތުން ފާހަގަ ކުރެވުނު އެންމެ ބޮޑު އެއް ކުންފުނި ކަމަށެވެ.

"ފެނަކައަކީ، މުޅި ރާއްޖެއާ ގުޅުންހުރި ކުންފުންޏެއް. (އެކަމަކު) ކުންފުނީގެ މަގްސަދު ހާސިލުކުރުމުގެ ބަދަލުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ކުންފުނީގެ ބޭނުން ހިފުމުގެ ސަބަބުން އެހާ ބޮޑަށް އެ ކުންފުނި ދަރަނިވެރިވެފައި އެ އޮތީ." އަބްދުއްރަހީމު ވިދާޅުވިއެވެ.

ފެނަކައިގެ ދަރަނި މިހާރު ދެ ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;