ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި އަލަށް ހަތަރު ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި އަލަށް ހުޅުވޭ ރިސޯޓުތަކާ އެކު ފަތުރުވެރިކަމަށް 1،064 އެނދު ނެރެވޭނެ ކަމަށެވެ.
އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓުތައް:
- ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 310 އެނދުގެ ރިސޯޓު
- ޅ. މާބިންހުރާގައި ތަރައްގީ ކުރަމުން އަންނަ 408 އެނދުގެ ރިސޯޓު
- ޅ. ދެރުފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ 172 އެނދުގެ ރިސޯޓު
- މާލެ އަތޮޅު އެނބޫދޫ ފަޅުގައި ތަރައްގީ ކުރަމުން އަންނަ 174 އެނދުގެ ރިސޯޓު
މި އަހަރުގެ މިހާތަނަށް އަލަށް ފަސް ރިސޯޓެއް ވަނީ ހުޅުވާފައެވެ. އެ ރިސޯޓުތަކުގެ ތެރޭގައި ވ. ކުނާވަށީގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި ބ. ފަރެސްގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް އަދި ރ. ކުޑަކުރަތުގައި ހުޅުވާފައިވާ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓް ހިމެނެއެވެ. އޭގެ އިތުރުން އދ. ބޮޑުފިނޮޅުގައި ހުޅުވި ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އާއި މާލެ އަތޮޅު ފަޅެއްގައި ތަރައްގީކުރި ޖޯއީ އައިލެންޑް ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 172 ރިސޯޓެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެ ތަންތަނުން 42،159 އެނދު އޮޕަރޭޓް ކުރެއެވެ.