އިންޓަ މިއާމީއަށް ސުއަރޭޒް ގެންނަން މަސައްކަތް ކުރާކަން އެ ކްލަބުންވެސްވަނީ ހާމަކޮށްފައެވެ. އެ ކްލަބުން ބުނި ގޮތުގައި އަންނަ ޖަނަވަރީގައި ސުއަރޭޒްގެ ސޮއި ހޯދުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސުއަރޭޒް މިހާރު ކުޅެމުން އަންނަނީ އުރުގުއޭއެވެ. އެ ކްލަބުން ބުނި ގޮތުގައި، ޑިސެމްބަރު މަހު ސީޒަން ނިމުމުން ސުއަރޭޒް މިހާރު ކުޅެމުން އަންނަ ކްލަބުން އޭނާ ހިފެހެއްޓުމުގެ ވިސްނުމެއް ނެތެވެ.
ސުއަރޭޒް ވަނީ 2014 އިން 2020 އަށް ކެމްޕް ނޯގައި މެސީއާއެކު ހަ ސީޒަން ކުޅެފައެވެ. އެ މުއްދަތުގައި ސްޕެނިޝް ލަލީގާގެ ހަތަރު ތަށި އަދި 2015 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.