ads
ޑީއެމްއާރްއާރްގެ ހާއްސަ ރަނިން ކްލިނިކެއް އެލީޓް ރަނާސް އާއެކު މާދަމާ ބޭއްވުމަށް ވަނީ ނިންމާފައި - ފޮޓޯ:ދިރާގު
ޑީއެމްއާރްއާރްގެ ހާއްސަ ރަނިން ކްލިނިކެއް އެލީޓް ރަނާސް އާއެކު މާދަމާ ބާއްވަނީ
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2023 ކޯޗިން ޕާޓްނަރެއް ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސް އާއެކު ދިރާގުން ހާއްސަ ދުވުމުގެ ކްލިނިކެއް ބާއްވަން ނިންމައިފިއެވެ.

ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިން ބުނީ މި އަހަރުގެ ރޯޑް ރޭހުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބައިވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ މި އިވެންޓް އޮންނާނީ މާދަމާ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައި ކަމަށެވެ. އެގޮތުން މި ކްލިނިކުން ކުރިއަށް އޮތް ދުވުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އިރުޝާދުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ މި ކްލިނިކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://bit.ly/3M8ThBT މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.  

އޭގެ އިތުރުން މާދަމާ ހަވީރު އޮންނަ އިވެންޓުގައި ޑީއެމްއާރްއާރް 2023 ގެ މެޑިކަލް ޕާޓްނަ، ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދޭނެއެވެ.

ދިރާގުން ބުނި ގޮތުގައި 4،000 އަށް ވުރެ ގިނަ ދުވުންތެރިންނާ އެކު މި އަހަރުގެ ރޯޑް ރޭސް ކުރިއަށް ދާނީ މި މަހުގެ 27 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމުގައެވެ. މިއީ ރާއްޖޭގައި ދުވުމުގެ ސަގާފަތް ގާއިމުކުރި، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ އިވެންޓް ކަމަށް ދިރާގުން ބުނެއެވެ.

ޑީއެމްއާރްއާރް އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް