ads
މޯލްޑިވްސް ޕޯސްޓް: ޕޯސްޓްގެ ނަމުގައި ފޮނުވާ ސްކޭމްތަކަށް ސަމާލުވުމަށް ވަނީ އެދިފައި - ފޮޓޯ:ރާއްޖެއެމްވީ
ޕޯސްޓްގެ ނަމުގައި ފޮނުވާ ސްކޭމްތަކަށް ސަމާލުވުމަށް އެދެފި
މޯލްޑިވްސް ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވާން އެ އޮފީހުން އެދިއްޖެއެވެ.

ޕޯސްޓު އޮފީހުން ބުނެފައިވަނީ ސްކޭމް މެސެޖުތަކުގައި ކަސްޓަމަރުންގެ އައިޓަމް ވެރިފަރާތަށް ހަވާލުނުކުރެވި، ޑެލިވަރީ ފެއިލްވެފައިވާ ކަމަށާއި ވެރިފަރާތުގެ އެޑްރެސް ޔަގީން ކުރުމަށް އެ މެސެޖުގައިވާ ލިންކަށް ވަނުމަށް އެދިފައިވާ ކަމަށެވެ.

އެ މެސެޖުގައި އައިޓަމްގެ ޓްރެކިން ނަންބަރު ހިމަނާފައިވާ ކަމަށާއި މެސެޖުގައިވާ ލިންކަށް ވަނުމުން ސައްހަ ނޫން ޓްރެކިން އަދި ޑެލިވަރީ އަޕްޓޭޓް ފެންނަން ހުންނައިރު، ޑެލިވަރީ ކުރުމަށް ވަކި ފީއެއް ދެއްކުމަށް ކަސްޓަމަރުންނަށް އަންގާ ކަމަށް އެ އޮފީހުން ބުނެއެވެ.

ޕޯސްޓު އޮފީހުން ވަނީ އެ އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން ފޮނުވާ ސައްހަ ނޫން މެސެޖުތަކަށް ސަމާލުވުމަށް އެދިފައެވެ. އެފަދަ މެސެޖުތަކަށް ޖަވާބު ނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ އެކަން އެ އޮފީހަށް އެންގުމަށް ޕޯސްޓް އޮފީހުން ވަނީ އެދިފައެވެ.

ޕޯސްޓު އޮފީހުން ބުނި ގޮތުގައި މައުލޫމާތު ހޯދުމަށް 3334555 އަށް ގުޅޭނެ ކަމަށާއި އެ އޮފީހުގެ ވެބްސައިޓު މެދުވެރިކޮށްވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް