ads
ޖަޕާނުން 30 މިލިއަން ރުފިޔާގެ ޑްރަގް ޓެސްޓިން ކިޓު ހަދިޔާކުރުން - ފޮޓޯ:އެމްއެންޑީއެފް
ޖަޕާނުން 30 މިލިއަން ރުފިޔާގެ ޑްރަގް ޓެސްޓިން ކިޓު ރާއްޖެއަށް ހަދިޔާކޮށްފި
މަސްތުވާތަކެތި ދަނެގަނެ، ޓެސްޓު ކުރުމަށް ދެ މިލިޔަން ޑޮލަރު (30.8 މިލިޔަން ރުފިޔާ) ގެ ސާމާނު ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
Advertisement

ޖަޕާނުން ހަދިޔާކުރި މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ބޭނުން ކުރަން ހަމަޖެހިފައިވަނީ މަސްތުވާތަކެތި ދެނެގަތުމަށާއި ތަހުގީގު މަރުހަލާ އަދި ދައުވާ ކުރާ މަރުހަލާގައެވެ.
ޖަޕާނުން ހަދިޔާކޮށްފައިވާ މި ތަކެއްޗަކީ އދ. ގެ މަސްތުވާތަކެއްޗާ ބެހޭ އޮފީހާ އެކު އެ ގައުމުން މި އަހަރުގެ މާޗް މަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ. އެ ތަކެތި ހާއްސަ ކުރާނީ ކަނޑު މަގުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި ޓެސްޓު ކުރުމަށެވެ.
ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްތުވާތަކެތި ޓެސްޓު ކުރާ ސާމާނު ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. އެ ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

މި ތަކެތީގެ އިތުރުން މިދިޔަ ބުދަ ދުވަހު ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީން ވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް އަދި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ. ޑްރަގް އަދި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓުތަކަކީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށް އެހީތެރިވެދޭނެ ކިޓުތަކެކެވެ. މީގެ އިތުރުން މި ކިޓުތަކަކީ މަސްތުވާތަކެތި ދެނެގަތުމަށް ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަ ރެސިސްޓަންޓް ކިޓުތަކެކެވެ.

your imageޖަޕާނު ސަރުކާރުގެ އެހީގައި ފުލުހުންނަށް ޑްރަގް އަދި ޕްރިކަސަ ފީލްޑް ޓެސްޓް ކިޓް ހަދިޔާކުރުން - ފޮޓޯ:ފުލުހުން
ފުލުހުން ބުނީ މި ޓެސްޓް ކިޓުތަކުގެ އެހީގައި މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށެވެ. މި ކިޓުތަކާ އެކު ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދާނެ ކަމަށާއި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާ އެކު ދެނެގަނެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް