އުމުރުން 35 އަހަރުގެ ޕާޕޫ، ދެ އަހަރަށް ސަސްޕެންޑްކޮށްފައިވާކަން ފީފާއިންވަނީ ރަސްމީކޮށް، އޭނާގެ ކުލަބަށް އަންގާފައެވެ. މަނާ ބޭހަކަށް، ޕާޕޫ ޕޮޒިޓިވްވީ ވޯލްޑް ކަޕްގެ ކުރިން ހެދި ޓެސްޓަކުންނެވެ.
ޕާޕޫ އޭރު ކުޅެމުން ދިޔައީ ސްޕެއިންގެ ސެވިއްޔާއަށެވެ. މަނާ ބޭހަށް ޕޮޒިޓިވްވެފައިވާކަން އެނގުމުން ސެވިއްޔާ އިން ޕާޕޫގެ ކޮންޓުރެކްޓް ބާތިލްކުރީއެވެ.
ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިއިރު، ޕާޕޫ ވަނީ ދެ މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފަ އެވެ.
މަނާ ބޭހަކަށް ޕޮޒިޓިވްވެ ދެ އަހަރުގެ ސަސްޕެންޝަނެއް ޕާޕޫއަށް އައިއިރު، ޕޮގްބާގެ މި ފަދަ ކޭސްއެއްވެސް އަންނަނީ ތަހްގީގު ކުރަމުންނެވެ.