ads
ސަލާހް
ސަލާހުގެ ދެލަނޑުން ލިވަޕޫލްއަށް މޮޅެއް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި ޑާބީ މެޗު ލިވަޕޫލްއިން ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެވަޓަންގެ އެޝްލީ ޔަންގްއަށް ދެރީންދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން، މެޗުގެ ގިނަ ވަގުތު އެޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. 

މެޗުގައި ލިވަޕޫލްއިން ލީޑު ނެގީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ ފަހު ވަގުތުގައި ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަލާހް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. 

މި މޮޅާއެކު، ޖުމްލަ 20 ޕޮއިންޓު ހޯދައިގެން ލިވަޕޫލް ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ޓޮޓެންހަމް އާއި އާސެނަލްއަށްވެސް ލިބެނީ 20 ޕޮއިންޓެވެ. ލިވަޕޫލް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. ތާވަލުގެ އެއްވަނާގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް