ads
ސެލެބްރޭޓިން ސްޕޯޓްސް ހަފްލާގެ ތެރެއިން
ގައުމީ ރެކޯޑް ހެދި އެތްލީޓުންގެ އަގުވަޒަންކޮށްފި
ގައުމީ ރެކޯޑް އެކިއެކި ކުޅިވަރުތަކުން ގާއިމްކޮށްފައިވާ އެތްލީޓުންގެ އަގުވަޒަންކޮށް އެތްލީޓުންނަށް އެވޯޑް ދީފިއެވެ.

"ސެލެބްރޭޓިންގ ސްޕޯޓްސް" ގެ ނަމުގައި ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ހަފްލާއަކީ، ގައުމީ ފެންވަރެއްގައި ފުރަތަމަ ފަހަރަށް ގައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންގެ އަގުވަޒަންކުރުމަށް ބޭއްވުނު ހަފްލާއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ އުއްތަމަ ފަނޑިޔާރެވެ.

މި ހަފުލާގައި ވަނީ އެތުލެޓިކްސް އާއި، ސްވިމިން އަދި ޝޫޓިންއިން ގައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންނަށް މެޑެއްޔަކާއެކު ހާއްސަ ހަނދާނީ ލިޔުމެއް އަރުވާފައެވެ. މީގެ އިތުރުން މި ހަފުލާގައި ވަނީ ‏ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގައި އަލަށް ހިމެނުނު އެތުލީޓުންނަށް ރަސްމީ ލިޔުންވެސް އަރުވާފައެވެ.

އެކި ކުޅިވަރުތަކުން ގައުމީ ރިކޯޑު ގާއިމުކޮށްފައިވާ އެތުލީޓުންގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ހަފުލާގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ އެތުލީޓުންނާއި، އެ އެތުލީޓުންގެ ބެލެނިވެރިން އަދި އެކި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް