ads
މަކުނުދޫގައި ސިލިންޑަރު ގޮވި ސަރަހައްދުގައި ހުރި އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި - ފޮޓޯ:ފޭސްބުކް
މަކުނުދޫ ސިއްސުވާލާއި، ދެ މަރާއެކު ރަށް ހަމަހިމޭން ކަމެއްގެ ތެރޭގައި
މިއަދު ހަވީރު 4:15 ހާއިރު މުޅި މަކުނުދޫ ރައްޔިތުން ސިއްސުވާލީ ގޮވި ބާރު އަޑުފައްގަނޑަކުންނެވެ. ލޮޅުން އަރައި ބައެއް ގެތަކަށް ވެސް އެނގުން ވެލި އެވެ. ބާރުގަދަ އެއްޗެއް ގޮވި އަޑަށެވެ. ރައްޔިތުން ހާސްކޮށްލި އެވެ.

ހަވީރު  އެރަށު ބަނދަރުމަތީ ހުންނަ މަސް މާރުކޭޓާއި ދިމާލުގައި ގޮވީ ގޭސް ސިލިންޑަރެއް ކަމަށް ރަށުގެ މީހުން މައުލޫމާތު ދިން އިރު އެ ހާދިސާގައި ދެ ފުރާނެ އެއް މިވަނީ ދުނިޔެ އާއި އުމުރަށް ވަކިވެފައެެވެ. ރަށުގެ ކުދި ބޮޑު އެންމެން ވާނުވާ ބަލަން އެ ސަރަހައްދަށް ޖަމާވި އިރު ދެ ގޮވުމާއެކު ދެ މީހެއްގެ ހަށިގަނޑު ކޮން ބައެއްކަން ނޭންގޭ ވަރަށް ކުދި ކުދިވެ ނިމިއްޖެ އެވެ.

ބިދޭސީ ދެ މީހަކު ނިޔާވި އެހާދިސާއާއެކު މުޅި ރަށަށް ސިހުން ގެނުވި އެ ހާދިސާއާއެކު އަދިވެސް މަކުނުދޫ މީހުން ތިބީ ހާސްވެ ކަންބޮޑުވެފައެވެ. ވަކިވެގެން ދިޔައީ ރަށު ދެ މީހުން ނޫން ނަމަވެސް އެރަށު މީހުންގެ ހިތްތަކަށް ކެތް ނުކުރެވޭނެ ފަދަ ހިތްދަތިކަމެއް ވަނީ ލިބިފަ އެވެ.

your imageމަކުނުދޫ ބަނދަރުގެ ދެކުނުކޮޅުގައި ހުންނަ މަސް މާރުކޭޓްގެ ބޭރު

ބިރުވެރި އެ ވަގުތު ސިފަކޮށްދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނީ، އެވަގުތު އޭނާ ހުރީ ބަނދަރު މަތީގައި ކަމަށާއި ކުއްލިއަކަށް އެ ގޮވި ގޮވުމާއެކު މެޔަށް ވެސް އުނދަގޫވި ކަމަށެވެ. އޭރު އޭނާ ބަނދަރު ފަރާތަށް ނުކުމެ ހުރީ އާރްޓީއެލް ފެރީ އަންނަ ވަގުތު ކައިރިވާތީ ކަމަށް އޭނާ ބުންޏެވެ. 

އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ، އެ ގެ އިންނަނީ އެ ސަރަހައްދާ ދުރުގައި ނަމަވެސް އެ ގޮވުމުގެ އަޑު ނުހަނު ބާރަށް އިވުނު ކަމަށެވެ.

"ފާހާނާގައި ފެންވަރަން ހުއްޓާ ހީވީ ގޭގޭ ފުރާޅު މައްޗަށް ބަރު އެއްޗެއް ވެއްޓުނުހެން، ވަރަށް ބާރަށް އިވުނު" އޭނާ ބުންޏެވެ.

ފަހުގެ ތާރީހުގައި މަނުކުދޫގައި ހިނގާފައިނުވާވަރުގެ ހާދިސާއާއެކު މުޅި ރަށަށް ވަނީ ބިރުވެރިކަން ފެތުރިފަ އެވެ. ބައެއް މީހުންގެ ކަންފަތުގައި އަދި ވެސް އެ ގޮވުމުގެ އަޑު ހުރި ކަހަލަ އެވެ. މުޅި ރަށަށް ކުރިމަތިވި ހާދިސާއަކީ މަކުނުދޫގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ.

your imageމަސް މާރުކޭޓުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި.

ކައުންސިލް މެމްބަރު އާދަމް ޝަރީފް ސީއެންއެމްއަށް ވިދާޅުވީ މިއަދު އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ  މަސްމާރުކޭޓް ކައިރީގައި ހުރި ދެ ގޭސް ސިލިންޑަރު ފުޅި ނަގައިގެން މަސައްކަތަކަށް ބޭނުން ކުރަން ގެންދަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ދެ ސިލިންޑަރު ފުޅިއަކީ އެ ރަށުގައި މަސައްކަތް ކުރާ ކުންފުންޏެއްގެ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމް. ވިދާޅުވީ މިއަދު ހިނގާދިޔަ ހިތާމަވެރި ހާދިސާ އަކީ މަކުނުދޫ ރައްޔިތުންގެ ހިތްތަކަަށް ހިތްދަތިކަން ވަރަށް ބޮޑަށް ގެނުވި ހާދިސާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މަކުނުދޫ ރައްޔިތުންގެ ފަރާތުން މިއަދުގެ އެވަގުތުގައި ވެސް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބުނު ކަމަށެވެ.

"ހިނގާދިޔަ ހިތާމަވެރި ހާދިސާ އަކީ މަކުނުދޫ ރައްޔިތުންގެ ހިތްތަކަަށް ހިތްދަތިކަން ވަރަށް ބޮޑަށް ގެނުވި ހާދިސާއެއް" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ނިޔާވި ފަރާތްތަކުގެ ހަށިގަނޑުގެ ބައިތައް ލޮކޭޓްކޮށް ފުލުހުން އަދިވެސް އެ ސަރަހައްދުގައި ތަހުގީގު ހިންގަމުން ދާ ކަމަށެވެ.

your imageމަކުނޫދުގައި ގޭސް ސިލިންޑަރެއް ގޮވުމާ ގުޅިގެން ބަނދަރުގައި އޮތް ދޯންޏަކަށް ގެއްލުން ލިބިފައި

މިއަދުގެ އެ ހިތާމަވެރި ހާދިސާގައި ރަށުގެ ފަޅު ތެރޭގައި ހުރި ބައެއް ދޯނި ފަހަރުގެ އިތުރުން މަސް މާރުކޭޓަށާައި އަދި އެ ސަރަހައްދުގައި ހުރި ބައެއް މީހުންގެ އަގުބޮޑެތި މުދަލަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ. އެހެން ނަމަވެސް އެކަމަކަށް ވުރެ ބޮޑަށް އެމީހުންނަށް މިއަދު ހިތައް އުނދަގޫ ކޮށްލީ ދެ ފުރާނަ ގެއްލިގެން ދިޔުމުންނެވެ. ރަށުގެ ދެ މީހުން ނޫނަސް އަދި ގައުމަށް ނިސްބަތްވާ ދެމީހުން ނޫން ކަމުގައި ވިޔަސް އެންމެންގެ ހެޔޮ ދުއާ ވަނީ އެ ދެ މީހުންނާއި އެކުގައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް