ads
އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
އާސެނަލް އެއްވަރުވެ، އެއްވަނަ ހޯދަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ބައްދަލުކުރި މެޗުން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް އެރުމަށް އާސެނަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޗެލްސީންނެވެ. ލިބުނު ޕެނަލްޓީއެއްގައި އެޓީމަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ. 

ފުރަތަމަ ހާފު ނިމުނީ ޗެލްސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށުނުތަނާ ޗެލްސީން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. ނަމަވެސް އާސެނަލްއިން ވަނީ ފަހަތުން އަރާ ދެލަނޑުޖަހާ، ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެނަލްއަށް ފަރަގު ކުޑަކޮށްދިނީ ޑެކްލަން ރައިސްއެވެ. ނަތީޖާ އެއްވަރު ކޮށްދިނީ ލިއެންޑްރޯ ޓްރޮސާޑްއެވެ. 

މި މެޗުން އެއްވަރުވުމާއެކު، ޖުމްލަ 21 ޕޮއިންޓު ހޯދައިގެން އާސެނަލް އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށްވެސް ލިބެނީ 21 ޕޮއިންޓެވެ. ސިޓީ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. މި މެޗުން މޮޅުވެގެން ޖުމްލަ 23 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް އޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް