ads
ޕީއެސްޖީ އާއި ސްޓްރަސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން
ސްޓްރަސްބާގް އަތުން ޕީއެސްޖީއަށް މުހިންމު މޮޅެއް
ފްރާންސް ލީގުގައި ސްޓްރަސްބާގާއި ބައްދަލުކުރި މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މުހިންމު މޮޅެއް ހޯދައިފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ އެޓީމުގެ ތަރި ކީލިއަން އެމްބާޕޭއެވެ. އޭގެ ތިން މިނެޓު ފަހުން، ސްޓްރަސްބާގުން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފހު ރެފްރީ ވަނީ ލަނޑު ބަލަިނުގަތުމަށް ނިންމާފައެވެ. 

ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ ކާލޯސް ސޯލާއެވެ. ދެވަނަ ހާފުގައި ޕީއެސްޖީގެ ފަހު ލަނޑު ޖަހައިދިނީ ފަބިއަން ރުއިޒްއެވެ. 

މި މޮޅާއެކު ޖުމްލަ 18 ޕޮއިންޓް ހޯދައިގެން ޕީއެސްޖީން ތާވަލުގެ އެއްވަނައަށް އެރިއެވެ. ނަމަވެސް ނީސް އާއި މާސޭ ބައްދަލުކުރި މެޗުން ނީސް މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު، ޖުމްލަ 19 ޕޮއިންޓު ހޯދައިގެން ނީސް ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް