ads
އިންޑިއާއިން ގައްޒާއަށް އެހީ ފޮނުވުން
ގައްޒާއަށް އެހީވާން އިންޑިއާއިން 38.5 ޓަނުގެ އެހީ
ގައްޒާއަށް އެހީވާން އިންޑިއާއިން 38.5 ޓަނުގެ އެހީ މިއަދު ފޮނުވައިފިއެވެ.
Advertisement

މިގޮތުން އިންޑިއާއިން ގައްޒާއަށް ފޮނުވާފައިވާ އެހީގެ ތެރޭގަ ހިމެނެނީ 6.5 ޓަނުގެ ސިއްހީ ފަރުވާއަށް ބޭނުންވާ އެހީއާ، 32 ޓަނުގެ ޑިޒާސްޓާ މެނޭޖްމަންޓު އެހީއެވެ. 

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެފައިވަ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ގާތްގަނޑަކަށް 6.5 ޓަނުގެ މެޑިކަލް އެހީ އާއި 32 ޓަނުގެ ޑިޒާސްޓާ ރިލީފް މެޓީރިއަލް ހިފައިގެން އައިއޭއެފް ސީ-17 ފްލައިޓެއް މިސްރުގެ އެލް-އާރިޝް އެއާޕޯޓަށް މިއަދު ފުރައިފިކަމަށެވެ. 

ބަގްޗީ ވިދާޅުވީ އިންސާނީ އެހީގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ކޮންމެހެން ބޭނުންވާ ބޭހާއި، ސާޖިކަލް ތަކެތި، ޓެންޓް، ނިދާ ކޮތަޅު، ޓާޕޯލިން، ސެނިޓައިޒާ ޔުޓިލިޓީސް، ފެން ސާފުކުރުމަށް ބޭނުންކުރާ ޓެބްލެޓް ފަދަ ތަކެތި ހިމެނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުން އަންނަ ހަމަލާތަކުގަ 3500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 3.2 މިލިއަން މީހުން ވަނީ ހާލުގަ ޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް