ކަސްޓަމްސްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ދަށްވިއިރު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގުވެސް ވަނީ ދަށްވެފައެވެ.
ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، ތިން އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 350 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 360 މިލިއަން ރުފިޔާއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބަވާތްތަކެވެ. ސެޕްޓެމްބަރު މަހު ރާއްޖެއަށް 734 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން 26 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
މި އަހަރުގެ ސެޕްޓެމްބަރު މަހު 17،720 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްރޮސެސްކޮށްފައިވަނީ 17،969 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި 103 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހު 88 އުޅަނދަކަށް ކްލިއަރެންސްދީފައިވެއެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް 105 އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 92 އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި ނުވަ ލައްކަ ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.