ads
ތިން ދަރިވަރުންނާ އެކު ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ވަނީ ފަށާފައި - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ
ތިން ދަރިވަރުންނާ އެކު ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ފަށައިފި
ވ. ރަކީދޫ ސްކޫލުގައި ސްޓެލައިޓް ސްކޫލް ނިޒާމުން މިއަދު ރަސްމީކޮށް ކިޔަވައިދޭން ފަށައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލުގެ ކިޔެވުން ފަށާފައިވަނީ ތިން ދަރިވަރުންނާ އެކުގައެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށުމާ އެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިހާރު ކިޔަވައިދޭނެ ސްކޫލުތައް ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލް ބަންދުކޮށްފައި ހުންނަތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ. މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ސެޓެލައިޓް ސްކޫލް މޮޑެލްއަށް ހިންގުމަށް ކަނޑައަޅައި، ރަކީދޫ ސްކޫލު މަރާމާތުކޮށް މުޅިން އާ ސްކޫލެއްގެ ގޮތުގައި މަސައްކަތްތައް ފުރިހަމަކޮށް ވަނީ ނިންމާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހަ ރަށެއްގައި ސެޓްލައިޓް ސްކޫލް ގާއިމުކޮށްފައެވެ. އެއީ ވ. ރަކީދޫގެ އިތުރުން ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ،  އދ. ދިއްދޫ އަދި ވ. ތިނަދޫއެވެ.

your imageތިން ދަރިވަރުންނާ އެކު ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ވަނީ ފަށާފައި - ފޮޓޯ:އެޑިޔުކޭޝަން މިނިސްޓްރީ

ސެޓެލައިޓް ސްކޫލު ހަދާފައިވާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލުކުރުމަށް ތިބޭ ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަކަށް ކުދިން ނެތް ރަށްރަށާއި ރަނގަޅު ފެންވަރުގެ ސްކޫލެއްވެސް ނެތް ރަށްތަކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އޮންލައިންކޮށް ކުރިއަށް ގެންދާ އޮންލައިން ކްލާސްތަކާއި ސެޓަލައިޓް ކްލާސްތަކުގައި ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ. އެގޮތުން ސެޓަލައިޓް ސްކޫލުތަކުގައި ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމްތައް ކުރިއަށް ގެންދާނީ ދަރިވަރުން ޝައުގުވެރިވާ ގޮތަށް ފަހުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް