ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 165,751 ފަތުރުވެރިން ވަނީ އައިސްފައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑުގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޗައިނާ އޮތީ އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 86,096 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ކުރީ އަހަރާ އަޅާބަލާއިރު އެއީ 1.8 އިންސައްތައިގެ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 4,973 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.6 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:
މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑުންނެވެެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،269 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 14 ހޮޓަލާއި 919 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 62,896 އެނދު އޮޕަރޭޓްކުރެއެވެ.