ads
ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
ކޮންމެ ސަރުކާރަކާ އެކު ހުރިހާ ކުންފުނިތަކުގެ މަތި ބަދަލުވާކަށް ނުޖެހޭ: އަސްލަމް
ދިވެހި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުންފުންނިތަކުގެ މަތި (ވެރިން) އެއްކޮށް ބަދަލުކުރަން ޖެހޭ ޖެހުމަށް ހައްލެއް ގެންނަން ޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.
Advertisement

ސަަރުކާރުތަކުން އިންތިހާބުތަކަށް ނުފޫޒުފޯރުވުން ހުއްޓައިލަން ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަަހެޅުއްވި ގަރާރުގެ ބަހުސް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން ޖެހޭނެ ކަމަށް އޭނާވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ހަމަ އެހެންމެ ކޮންމެ ސަރުކާރެއް ބަދަލުވާއިރު އެ ސަރުކާރެއްގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބަދަލުވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު ކުންފުނިތައް ހިންގަން ތިބެން ޖެހޭނީ ކުންފުނި ހިންގޭ ވަރުގެ ގާބިލު މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރަކާއެކު ކޮންމެ ކުންފުނި އެއްކޮށް ބަދަލުވާކަށް ނުޖެހޭ. އެެހެން ނުޖެހޭނީ އަޅުގަނޑުމެން ރަނގަޅު މީހުން މެރިޓަށް ބަލާ ވަޒީފާ ދީގެން ރަނގަޅު މީހުން ކުންފުނިތަކުގައި ގާއިމްކުރީމާ އެކަން ހަދަން ނުޖެހޭނީ." ކުންފުނިތަކުގެ އިތުރުން މިނިވަން މުއައްސަސާތައް ވެރިން ބަދަލުވުން އޮންނަ ގޮތަށް ފާޑު ވިދާޅުވަމުން އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ސަރުކާރަކާ އެކު ކުންފުނިތަކުގެ ހިންގުން ބަދަލު ނުވާނީ، އެ ތަންތަނުގައި ތިބޭ މީހުންނަކީ ފެންވަރާއި ގާބިލުކަމަށް ބަލައިގެން، އައްޔަންކުރާ ރަނގަޅު މީހުން ކަމަށް ހަދައިގެން ކަމަށެވެ.

ކޮންމެ ފަސް އަހަރަކުން ބަަދަލުވާ ސަރުކާރާ އެކު، މިނިވަން މުއައްސަސާތަކުގައި ތިބޭ މެމްބަރުން ހިމެނޭހެން ބަދަލުވާން ޖެހޭ ނަމަ، ހަރުދަނާ ގޮތެއްގައި ގައުމު ހިންގާނީ ކިހިނެއްތޯ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓެއްގެ ގޮތުގައި ހުންނެވި އަސްލަމް މިއަދު ސުވާލު ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް