އެމްއައިބީން ބުނީ މި ފެސިލިޓީ ބޭނުންކޮށްގެން ޒަރޫރީ ބޭނުންތަކަށް ފައިސާ ހަރަދު ކުރެވޭނެ ކަމަށެވެ. އެގޮތުން ސިއްހީ ފަރުވާ ކުރުމަށާއި ޑެޓް ރިފައިނޭންސް ކުރުމަށާއި މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ އަދި މޫސުމީ ކާރިސާތަކުން ލިބޭ ގެއްލުން ފޫ ބެއްދުމަށާއި ގެ ބަދަލުވުމަށް ބޭނުންވާ އެޑްވާންސް ފައިސާ ދެއްކުމުގެ އިތުރުން ގެދޮރު ގަތުމަށް ބޭނުންވާ އިކުއިޓީ ހޯދަން އެ ފެސިލިޓީން ފައިސާއަށް އެދެވިދާނެއެވެ.
އެމްއައިބީގެ ފައިނޭންސިން ފެސިލިޓީއަށް އެދުމަށް އެމްއައިބީ އެޕްލައި-ނައު ޕޯޓަލުން އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. އުޖާލާ ފައިނޭންސިން ލިމިޓް ހަމަޖެހުމުން ފައިސާއަށް އެދެވޭނެއެވެ. އެމްއައިބީން ބުނެފައިވަނީ ލިބޭ ލިމިޓުގެ 30 އިންސައްތަ އާ ހަމައަށް ކޭޝް ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށާއި އިތުރު ލިޔުމަކާ ނުލައި އެ ފެސިލިޓީއަށް އެދެވޭނެ ކަމަށެވެ.
ކޭޝް ފެސިލިޓީއަށް ލިބޭ ލިމިޓުގެ 30 އިންސައްތައަށް ވުރެ ގިނައިން ނަގާ ނަމަ ސަޕޯޓިން ޑޮކިއުމެންޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީން ބުނި ގޮތުގައި އުޖާލާ ކޭޝް ތައާރަފުކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ތަކެތި ހަމަ އެ ލިމިޓް މެދުވެރިކޮށް ހޯދޭނެ ކަމުގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;