ads
މޮރީނިއޯ
އިދިކޮޅު ބެންޗަށް މައްލަވަކޮށްގެން މޮރީނިއޯއަށް ރަތެއް
އިދިކޮޅު ޓީމުގެ ބެންޗަށް މައްލަވަކޮށްގެން، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯއަށް ރަތްކާޑު ދައްކައިފިއެވެ.

މޮންޒާއާ ދެކޮޅަށް ކުޅެ ރޯމާ މޮޅުވި މެޗުގައި މޮރީނިއޯއަށް ރަތްކާޑު ދެއްކީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. ހޯސޭ މޮރީނިއޯ އަށް ރަތްކާޑު ދެއްކިއިރު، ރޯމާ އޮތީ އެއް ލަނޑު ސުން ލަނޑުން ކުރީގައެވެ. 90 ވަނަ މިނިޓުގައި ރޯމާއިން ޖެހި ލަނޑަކުން މި މެޗުން މޮޅުވިއިރު، މެޗުގެ 50 ވަނަ މިނިޓުގައި މޮންޒާގެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑަކާއެކު އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮރީނިއޯވަނީ އިދިކޮޅު ބެންޗާ ދިމާލަށް އިޝާރާތްކޮށް ރޯ ކަމަށް ހަދައި މައްލަވަކޮށްފައެވެ. ރަތްކާޑު ދެއްކީ އެކަމާ ގުޅިގެންނެވެ. މެޗަށް ފަހު މޮރީނިއޯ ބުނީ ރަތްކާޑު ދެއްކީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް