ads
އަހަރުމެން ފަލަސްތީނާއެކު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކުރުން - ފޮޓޯ:ސްޓެލްކޯ
އަހަރުމެން ފަލަސްތީނާއެކު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި
ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާލާފައިވާ އަހަރުމެން ފަލަސްތީނާއެކު ފަންޑަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000 (ފަސްލައްކަ ރުފިޔާ) ފަލަސްތީނާއެކު ފަންޑަށް ހަދިޔާކޮށްފައިވަނީ މިއަދު އެ ކުންފުނީގެ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އައިއޭސީ އާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އެ ޖަމިއްޔާގެ ޗެއާމަން އަހުމަދު އިގްބާލެވެ.

your imageއަހަރުމެން ފަލަސްތީނާއެކު ފަންޑަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކުރުން - ފޮޓޯ:ސްޓެލްކޯ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައިއޭސީގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނީގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައިވެސް ފަންޑު ފޮއްޓެއް ބެހެއްޓިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް