ads
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލް އދ ގެ އާންމު މަޖިލީހުގަ ތަގުރީރު ކުރައްވަނީ
ފަލަސްތީނާ ގުޅޭ އދ. ގެ ހާއްސަ ސެޝަން ބާއްވައި ދޭން ރާއްޖޭން އެދިއްޖެ
އިސްރާއީލުން ފަލަސްޠީނަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ކުއްލި ސެޝަނެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ. ގާޒާގައި 2.2 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު، މިހާރު ކުރަމުންދާ ހަނގުރާމައިގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނުއުޅެވޭ ވަރުވެފައިވާތީ، ގާޒާގެ 1.5 މިލިއަނަށް ވުރެ ގިނަ މީހުން މިހާރު ތިބީ ގެދޮރު ނެތި ހާލުގައި ޖެހިފަ އެވެ.

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާއްމުންނާއި ކުޑަކުދިންނަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް ހައްދު ފަހަނައަޅާފައިވާ ކަމަށެވެ. އެހެންކަމުން އާއްމު މަޖިލީހުގެ 10 ވަނަ އެމަޖެންސީ ކުއްލި ސެޝަން ކުރިއަށް ގެންދިއުމަށް ރާއްޖެއިން ހުށަހަޅާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ރާއްޖެއިން ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން، އެހެން ގައުމުތަކާއި ގުޅިގެންކަމަށެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު، އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލުމުގައިކަމަށެވެ.

އދ. ގެ ސެކިޔުރިޓީ ކައުންސިލުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ފަސް ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ވާގިދޭ ގައުމުތައް ތިބި އިރު، އެމެޖެންސީ ސްޕެޝަލް ސެޝަނަކީ އދ. ހުއްޓުވާފައި ބޭއްވުމުގެ ޖާގަ ގެއްލުވާލަން އެހެން މެމްބަރު ގައުމުތަކަށް ލިބޭ ހަމައެކަނި ފުރުސަތެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމަކީ، މައްސަލައަކާއި ގުޅިގެން ސަލާމަތީ މަޖިލީހުން ގޮތެއް ނިންމުމުގައި ކާމިޔާބު ނުވުމުން، ބާއްވާ ބައްދަލުވުމެކެވެ. ހާއްސަކޮށް އަމާންކަމާއި ސުލްހަ ގާއިމްކުރުމުގައި ސަލާމަތީ މަޖިލީހުން ނުކެޅެދުމުން، އދ. ގެ ޢާންމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދުމުގެ އިހްތިޔާރު އދގެ 377 ވަނަ ގަރާރުގެ ދަށުން މެމްބަރުންނަށް ލިބިދެއެވެ.

1950 ވަނަ އަހަރު ފާސްކުރި ގަރާރުގެ ދަށުން މިހާތަނަށް 11 މައްސަލައަކާއި ގުޅިގެން އާއްމު މަޖިލީހުގެ ހާއްސަ ކުއްލި ބައްދަލުވުން ބާއްވާފައިވެއެވެ.

ފަލަސްތީނުގެ ހައްގުގައި އދ. ގެ 10 ވަނަ އެމެޖެންސީ ސްޕެޝަލް ސެޝަން ފެށީ 1997 ވަނަ އަހަރެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ބިމުގައި 6،000 އަށް ވުރެ ގިނަ ގެދޮރު އަޅަން ނިންމުމާ ގުޅިގެންނެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވެ ދިޔަ ދެ ހަފްތާ ތެރޭ 4،800 އާންމުން މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގަމުން އަންނަ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ. މި ހަމަލާތައް ވަރުގަދަ ކުރާނޭ ކަމަށް ހޮނިހިރު ދުވަހު އިޒްރޭލުން ވަނީ ބުނެފަ އެވެ.

ގާޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ބަރުކޮށްގެން ގާޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު ކައިރީގައި 200އަށް ވުރެ ގިނަ އުޅަނދު އޮންނަތާ އެތައް ދުވަހެއްވެއްޖެެއެވެ. ނަމަވެސް މިދިޔަ ހަފުތާ ތެރޭގައި ގާޒާ އެއްކޮށް ބަންދުކުރުމަށް ފަހު، އެހީގެ އުޅަނދުތައް އެ ސަރަހައްދަށް ވަނުން އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް އިއްޔެ އިސްރާއީލުން ވަނީ އެހީއާ އެކު 20 އުޅަނދެއް ގާޒާއަށް ވަނުމަށް ފުރުސަތު ދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް