ads
ޓޮޓެންހަމްގެ ސޮން
ފުލަމް ބަލިކޮށް ޓޮޓެންހަމް އެއްވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ޓޮޓެންހަމްއިން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ސޮން ހިއުން-މިންއެވެ. މިއާއެކު ސޮން ވަނީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ކުޅުނު 9 މެޗުން 7 ލަނޑު ކާމިޔާބު ކޮށްފައެވެ. 

ޓޮޓެންހަމްގެ ދެވަނަ ލަނޑު، ސޮންގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޖޭމްސް މެޑިސަންއެވެ. އޭނާ ވަނީ މި ސީޒަންގެ ލީގުގައި މިހާތަނަށް ތިން ލަނޑުޖަހާ، ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. 

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޓޮޓެންހަމްއިން މިހާތަނަށް ނުވަ މެޗު ކުޅެފައި ވާއިރު، އެއްވެސް މެޗަކުން ބަލި ނުވެއެވެ. މިއާއެކު، ޓޮޓެންހަމްގެ ކޯޗު އަންޖް ޕޮސްޓެކޯގްލޫ ވަނީ ޕްރިމިއާ ލީގުގެ އެންމެ ފުރަތަމަ ނުވަ މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކޯޗުގެ ރެކޯޑު ހަދާފައެވެ. 

ޓޮޓެންހަމްއިން ތާވަލުގެ އެއްވަނާގައި އޮތީ 23 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް މިދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ލިބެނީ 21 ޕޮއިންޓެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް