ads
ދިރާގުން ލޯންޗުކުރި އާ ޕްރޮމޯޝަނާ އެކު، ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:ދިރާގު
ދިރާގުން ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތެއް
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިން ލޯންޗުކުރި މުޅިން އާ ޕްރޮމޯޝަނާ އެކު ދިރާގު ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމަށް ރަނުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަން އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. މި ޕްރޮމޯޝަނުގެ ދަށުން ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް އެ ކުންފުންޏާ ގުޅޭ ކަސްޓަމަރުންނަށް ކަމަށެވެ. އަދި ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުރިހާ ކަސްޓަމަރުންވެސް ރެޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ދިރާގުން ބުނެއެވެ.

"ދިރާގުގެ 35 ވަނަ އަހަރު ފާހަގަ ކުރަމުންދާއިރު، މި ހާއްސަ ޕްރޮމޯޝަނާ އެކު ކަސްޓަމަރުންނަށް މިފަދަ ޒަމާނީ، އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" - ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން

މިރްޝާން ވިދާޅުވެފައިވަނީ މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުންދާއިރު އެ ކުންފުނިން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް ކަމަށެވެ.

މި އަގުހުރި އިނާމު ހޯދުމަށް ކަސްޓަމަރުންނަށް އިތުރު ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކަށް މި ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެގެން ދާނެ ކަމަށް އިއުލާނުކޮށްފައެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/45R88YM 

ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެ ކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް