ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައެއްގައި ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ މުއާވިޔަތު ދައްކާފައި ނުވާތީ، ފަނޑިޔާރުކަމުގެ އަސާސީ ޝަރުތު އުނިވެގެން މަގާމުން ވަކިކުރަން ޖެހުނީ ކަމަށެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި މި މައްސަލަ ބެލިއިރު، މުއާވިޔަތު ވަނީ ސާބިތު ދަރަނި ނުދައްކާ އޮތް ކަމަށް އެއްބަސްވެފައެވެ. ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނި ހުކުމާ އެއްގޮތަށް ދެއްކުން ހިމެނެ އެވެ.
މި މައްސަލައާ ގުޅިގެން ޖޭއެސްސީން ނިންމީ އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވީ ކަމަށެވެ. އަދި މި މަގާމަށް އަލުން މީހަކު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.