އެވަޓަންއާ، ސިޓީ ކުޅުނު މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވިއިރު، މި މެޗުގައި ސިޓީއަށް ލިބުނު ޕެނަލްޓީއެއް ހާލަންޑް އަތުންވަނީ މިސްވެފައެވެ.
މި މެޗުން ޕޮއިންޓް ގެއްލުވާލި ސިޓީ އޮތީ މިހާރު ޓޭބަލްގެ ހަވަނައިގައެވެ. ޓޭބަލްގެ ހަވަނައިގަ، އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ 18 މެޗުން 28 ޕޮއިންޓާއެކުއެވެ. އެއްވަނައިގަ އޮތް ލިވަޕޫލްވަނީ 16 މެޗުން 39 ޕޮއިންޓް ހޯދާފައެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ތިން ސީޒަނުގެ ޗެމްޕިއަން ޓީމަށް މި ސީޒަނުގައި ލިބެމުންދާ ދަށް ނަތީޖާތަކާއެކު އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ވެސް މެންޗެސްޓާ ސިޓީ ކޮލިފައި ނުވެދާނެކަމުގެ ބިރު އެބައޮތްކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާވަނީ ބުނެފައެވެ.