ads
ނައިބު ރައީސް ފައިސަލް ނަސީމް: ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރަން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް
"ދުނިޔެއަށް އަންނަ ބަދަލުތަކާ އެކު ހުނަރު އިތުރުކުރުމަކީ މުހިންމުކަމެއް"
ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހުނަރު އިތުރުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަނާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން ކުރިއަށް ގެންދާ "ކޯޗިން މާސްޓަ ކްލާސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ވިލާ ނޯޓިކާ ރިސޯޓުގައެވެ. ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަގާފަތެއް އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާ އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުސަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައެވެ. ފަންނުވެރިކަން ކުރިއެރުވުމަށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ނަމޫނާ ދެއްކުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އޭގެ އިތުރުން ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ގައުމަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ކޯޗިން މާސްޓަ ކްލާސް" ގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، އައިސީއެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަޓް ގާސިއާއެވެ. މި ސެޝަނުގެ މައުލޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް