ads
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ވަނީ ފަށާފައި - ފޮޓޯ:ދިރާގު
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ފަށައިފި
ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2023 ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިން ފަށައިފި އެވެ.

ޑީއެމްއާރްއާރްގެ ބިބް އެކްސްޕޯ ހޯމަ ދުވަހު ފަށާފައިވާއިރު، މި އެކްސްޕޯގައި ދުވުންތެރިންނަށް އެ ފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. ބިބް އަދި ރޭސް ކިޓް ދޫކުރަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ ފުރަތަމަ ފަންގިފިލާއިން މާދަމާގެ ތިރީގައިވާ ވަގުތުތަކުގަ އެވެ. 

  • މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށް

ދިރާގުން ބުނީ ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ ކަމަށެވެ. ރޭސް ކިޓް ބަލާދާއިރު ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި އަހަރުގެ ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ. ދިރާގުން ބުނި ގޮތުގައި 4،000 އަށް ވުރެ ގިނަ  ބައިވެރިންނާ އެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމުގަ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން 5ކޭ އަދި 10ކޭ ދުވުންވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޑީއެމްއާރްއާރް އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް