ads
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސްގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް— ފޮޓޯ: ރައީސް އޮފީސް
މޭ 6 ހަމަލާ: ސަރުކާރާ އަދި އިދިކޮޅާވެސް ގުޅުމެއް ނެތް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ސަރުކާރާއި އަދި އިދިކޮޅާއިވެސް ގުޅުމެއް ނެތްކަމަށް އެހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއާ އެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވީ 6 މޭ 2021ގައި ނަޝީދަށް ދިން ހަމަލާގައި ސަރުކާރާއި އަދި ސިޔާސީ އެއްވެސް ބައެއްގެ ބައިވެރިވުން އޮތްކަމުގެ ހެކި ފެންނަން ނެތްކަމަށެވެ.

ފާހަގަކުރެއްވިއެވެ. "އިދިކޮޅު ސިޔާސީ އަދި ސަރުކާރުގެ ތެރެއިން އައި ކަމެއްތޯ ބެލުމަށް ކުރި ތަޙުޤީޤުގައިވެސް އެފަދަ އެއްވެސް ކަމެއް ނެތްކަން ވަނީ ހާމަވެފައި. އެމްއެމްޕީއާރްސީ މައްސަލައަށްވެސް ރިޢާޔަތްކުރިން. އެކަމާވެސް ގުޅުމެއް ނެތް. މި ހާދިސާ އެއަށްވުރެ މާކުރިން ރާވަން ފަށައިފި. މުޅި މައްސަލަ ގުޅެނީ ހަރުކަށި ފިކުރާ." އައްބާސް



 އައްބާސް ވަނީ އެމްއެމްޕީއާރްސީ މައްސަލަ ފެންމަތިވުމުގެ މާކުރިންވެސް މި ހަމަލާ ރާވަމުން ދިޔަ ކަމެއްކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެމަނިކުފާނުގެ ގެކޮޅުން، މަޖީދީ މަގުގައި އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެ އައިޑީ ހަރުކޮށްފައި އޮތީ އެ ގޯޅީގެ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ.

މި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން މިހާތަނަށް ދަޢުވާކޮށްފައިވަނީ ދެ މީހުންނަށެވެ. އެއީ ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި އަޙުމަދު އަދުހަމާއި އިތުރު ތުހުމަތުތަކެއްގައި ހައްޔަރު ކުރި އަބްދުﷲ އަލީގެ މައްޗަށް އެކަންޏެވެ. އެހެންމީހުންގެ އަޑުއެހުންތައް ގަވާއިދުން ކުރިއަށްނުގެންދެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް