ރާއްޖެއިން މަސްދަޅު ހަދިޔާކުރާކަން އިއުލާނުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އެހީގެ ބޭނުންޖެހިފައި ތިބި އަހުންނާއި އުހުތުންނަށް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރައްވަން ނިންމާފައިވާ ކަމަށެވެ.
މިއީ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަން ދައްކުވައިދޭ ރަމްޒެއްކަމަށް ޝާހިދު ވިދާޅުވި އެވެ.
ފަލަސްތީނުގައި ސުލްހަ މަސްލަހް ގާއިމްކުރަން ކުރައްވާ މަސައްކަތުގައި ދިވެހިން އަބަދުވެސް ތިބޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.