ދައުލަތުގެ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ތާވަލްކޮށްފައިނުވާތީ ސަރުކާރު ހިންގާ އެމްޑީޕީގެ މެމްބަރުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
މި ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މީގެ ިކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓަށް އައިސްފައިވާ ބަދަލުތައް:
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ސަޕްލިމެންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދު ކުރުމަށް ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންތަކަށް ކަމަށެވެ.
މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށް ވުރެ ބޮޑަށް، އެ ނޫން ހަރަދުތައްވެސް ހިނގައި، ބަޖެޓު ފާސްކުރިއިރު ހަރަދުކުޑަކުރުމަށް ރާވާފައިވާ ގިނަ ފިޔަވަޅުތައް ރާވާފައިވާ ގޮތަށް ތަންފީޒުވެފައި ނުވާތީ، އެ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންގްސް މިހާރު ދަށްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.