ads
ކޯޑީ ގަކްޕޯ
އަނިޔާއިން ރަނގުޅުވެ ގަކްޕޯ އަލުން ޓީމަށް
ލިވަޕޫލްގެ ފޯވާޑް ކޯޑީ ގަކްޕޯއަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ގަކްޕޯގެ ކަކުލަށް އަނިޔާވީ މީގެ މަހެއް ކުރިން ޓޮޓެންހަމް އާއި ލިވަޕޫލް ވާދަކުރި މެޗުގައެވެ. ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޔޫރޮޕާ ލީޯގުގައި ޓޮލޫސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ގަކްޕޯ ފެންނާނެ ކަމަށެވެ. ލިވަޕޫލް އޮތީ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނާގައެވެ. 

ގަކްޕޯގެ އިތުރުންވެސް ލިވަޕޫލްގެ މުހިންމު ކުޅުންތެރިންތަކެއް މިހާރު ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިފައެވެ. އޭގެ ތެރޭގައި އެންޑީ ރޮބާޓްސަން، ތިއާގޯ އަލަކާންޓްރާ އަދި ސްޓެފަން ބެޖްކެޓިކް ހިމެނެއެވެ. 

މީގެ ތެރެއިން ރޮބާޓްސަން ވަނީ ކޮނޑު ހުޅުގެ ސާޖަރީއެއް ހަދާފައެވެ. އަނެއް ދެކުޅުންތެރިންވެސް ފަރިތަކުރުމުގައި ބައިވެރި ނުވެވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް