މުހުތާޒް މިހެން ވިދާޅުވީރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިންމައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ވެރިކަމުގެ ހުވާ ގަބޫލުނު ނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ރޭ ބުނެފައިވަނިކޮށެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ މައްސަލަ ނުނިމި އޮއްވައި އިންތިހާބީ ރައީސް ކުރައްވާ ހުވާ ގަބޫލުނުކުރައްވާނެކަމަށާއި އަދި އާ ސަރުކާރުގެ ކެބިނެޓަށްވެސް ރުހުން ނުދޭނެކަމަށެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނަޝީދުގެ އިތުބާރުނެތް މައްސަލަ ނުނިންމައި ރިޔާސަތުން ނިންމާ އެއްވެސް ނިންމުމެއް އެމްޑީޕީއިން ބަލައިނުގަންނާނެކަމަށް އަސްލަމް ވިދާޅުވިއެވެ.