ads
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މީގެކުރިން ބޭއްވި ކޮންފަރެންސެއްގެ ތެރެއިން - ފޮޓޯ:މެޑިކަލް އެސޯސިއޭޝަން
ވަޒީފާގެ އާ އޮނިގަނޑާ އެކު މަގާމު ދަށްވި ކޮންސަލްޓެންޓުންނަށް ޕްރޮމޯޝަންދީފި
ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ ގުޅިގެން މަގާމު ދަށްވި ޑޮކްޓަރުންނަށް ޕްރޮމޯޝަން ދީފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަންގެ އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ އެކު، ކޮންސަލްޓެންޓް ރޭންކުން ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާގެ ރޭންކަށް ބަދަލުވެފައިވާ ޑޮކްޓަރުންނަށް، އެ އޮނިގަނޑުގެ ކޮންސަލްޓަންޓް ރޭންކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބަދަލުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ސީއެސްސީގެ އެ ސާކިއުލާގައި ބުނީ އެހެންކަމަށް ވުމުން، މަގާމުގެ ރޭންކް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް ހަދީޖާ ޖަމީލާ ވިދާޅުވެފައިވާ ގޮތުގައި އާ އޮނިގަނޑަށް އަމަލުކުރަން ފެށުމާ ގުޅިގެން ސްޕެޝަލިސްޓް ޑޮކްޓަރުންގެ މަގާމު ދަށްވުމުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަނެއް ރައީސް އޮފީހަށް ހުށަހެޅި ކަމަށެވެ. އެއާ އެކު އެ އޮފީހުން ވަނީ އެ މަގާމުތަކަށް ބަދަލުތައް ގެނައުމަށް ޕޭ ކޮމިޝަނަށް އަންގާފަ އެވެ.

ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާއަކީ އާ އޮނިގަނޑު ޕަބްލިކް ރޭންކް އަށެކެވެ. ކޮންސަލްޓަންޓް ރޭންކަކީ ނުވައެކެވެ.

ސީނިއާ ސްޕެޝަލިސްޓް ރަޖިސްޓްރާއަކަށް މުސާރައިގެ ގޮތުގައި 29،275 ރުފިޔާ ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 454 ރުފިޔާ ލިބެ އެވެ. ކޮންސަލްޓަންޓް ސްޕެޝަލިސްޓެއްގެ މުސާރައަކީ 32،632 ރުފިޔާއަށްވާއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 506 ރުފިޔާ ލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް