ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ބަދަލުގެ ގޮތުގައި 374 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 100 މިލިއަން ރުފިޔާ ކަމަށްވާއިރު، މިހާތަނަށް ހޭދަކޮށްފައިވާ އަދަދަކީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ 270 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގެއްލުމުގެ ބަދަލަށް ކަނޑައެޅި ބަޖެޓު ހުސްވެފަ އެވެ.
ފާއިތުވެދިޔަ ހަތަރު އަހަރު ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބަދަލުތައް ދެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމާ ގުޅިގެންނެވެ. ވޭތުވެދިޔަ ހަތަރު އަހަރު ގެއްލުމުގެ ބަދަލަށް ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ.