ads
ދިރާގުން ޑީއެމްއާރްއާރް އާފްޓަޕާޓީއަށް ފޯރިގަދަ ލައިންއަޕެއް ވަނީ އިއުލާނުކޮށްފަައި - ފޮޓޯ:ދިރާގު
ދިރާގުން ޑީއެމްއާރްއާރް އާފްޓަޕާޓީއަށް ފޯރިގަދަ ލައިންއަޕެއް އިއުލާނުކޮށްފި
ފޯރިގަދަ ލައިންއަޕަކާ އެކު ޑީއެމްއާރްއާރް 2023 އާފްޓަ ޕާޓީ މާދަމާ ރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާނެ ކަމަށް ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) އިން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ ރޭސް ނިންމާލުމަށްފަހު މި ބާއްވާ ސެލެބްރޭޝަނަކީ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާ އެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށްވާނެ ކަމަށެވެ. އެގޮތުން މި ޝޯގައި ކުޅޭނީ:

  • ޝައްމު އާއި އެކުވެރީން ކޮޅެއް
  • ސްކައިރޮކް 
  • 2 ސެންސް 
  • 1438 ބޮޑުބެރު ގްރޫޕް

ޑީއެމްއާރްއާރް 2023 އާފްޓަޕާޓީއަކީ ހަމައެކަނި މިއުޒިކް ފެސްޓިވަލެއް ނޫން ކަމަށާއި ދިވެހި ހޯމްބޭސްޑް ވިޔަފާރިތަކުގެ ރަހަމީރު އުފެއްދުންތައް ފުޑް ސްޓްރީޓުން ލިބެން ހުންނާނެ ދިރާގުން ބުނެ އެވެ. ދިރާގުން ބުނެފައިވަނީ މި އާފްޓަ ޕާޓީ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގެ ގްރޭންޑް ފިނާލޭ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި 4،000 އަށް ވުރެ ގިނަ ދުވުންތެރިންނާ އެކު، މާދަމާ ފެށޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 14 ވަނަ އެޑިޝަން ވެގެން ދާނީ މި ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރެތަން ޖަހާ ފަހަރަށް ކަމުގައެވެ. ހާފް މެރަތަންގެ އިތުރުން 10ކޭ އަދި 5ކޭ ރަންވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ޑީއެމްއާރްއާރް އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް