ads
އަލް ޖަޒީރާ އަރަބި ޗެނަލްގެ ނޫސްވެރިޔާ ވާއިލް ދަހްދޫހްގެ އާއިލާ
އިޒްރޭލުން އަލް-ޖަޒީރާގެ ނޫސްވެރިއެއްގެ މުޅި އާއިލާ ޝަހީދުކޮށްލައިފި
އިސްރާއިލުން ފަލަސްތީނަށް ދިން ވަރުގަދަ ހަމަލާއެއްގައި އަލްޖަޒީީރާގެ ގާޒާ ބިއުރޯގެ ވެރިޔާ އަދި ނޫސްވެރިޔާ ވައެލް ދަހްދޫހްގެ އާއިލާގެ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
Advertisement

އިންސާނީ ހައްގުތަކާ ބެހޭ ގާނޫނީ ވަކީލު ނައުރާ އެރަކަތު މިއަދު ވިދާޅުވީ އެއީ ހުއްޓުވުމުގެ ފުރުސަތު އޮތް، ނުރައްކާތެރި، ހިތާމަވެރި ހާދިސާއެއް ކަމަށެވެ. 

ވާއިލްގެ އާއިލާ އެކުގައި މަރައިލި ހަބަރު އޭނާ އަށް ލިބުނީ، ރޭގެ މެންދަމުން އަލިވި ފަހުން އިޒްރޭލު ސިފައިން ގާޒާގެ އިމާރާތްތަކަށް ދިން މިސައިލް ހަމަލާތަކެއްގެ މަންޒަރު ވަގުތުން ދައްކަމުން، އެ ހަމަލާގެ ތަފްސީލުތައް ޓީވީ ބެލުންތެރިންނަށް ކިޔައިދޭން ހުއްޓަ އެވެ. މި ހަމަލާގައި ދަހްދޫހްގެ އަންހެނުންނާއި އަންހެން ދަރިއަކާއި ފިރިހެން ދަރިއަކާއި ކާފަ ކިޔާ ފިރިހެން ދަރިއަކު ވެސް ވަނީ ޝަހީދުވެފަ އެވެ. 

"މިއީ ގާޒާގައި އެއްވެސް މީހަކަށް ސަލާމަތެއް ނެތް ހާލަތެއްގައި ހިނގަމުންދާ ކަމެއް،" އަލް-ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ރަޓްގާސް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އެރަކަޓް ވިދާޅުވި އެވެ.

ބުދަ ދުވަހު މޯޗަރީގައި ތިބި މަރުވެފައިވާ އަނބިމީހާއާއި، ފިރިހެން ދަރިފުޅުގެ އިތުރުން އަންހެން ދަރިފުޅު ދެކިލުމަށް އަލްއަޤްސާ ޝަހީދުންގެ ހޮސްޕިޓަލަށް ދަހްދޫހް ވަދެގެންދާ މަންޒަރު އަލްޖަޒީރާއިން ދެއްކި ފޫޓޭޖްތަކުން ފެނެއެވެ. ބައްޕަ ފަދައިން ނޫސްވެރިއަކަށް ވާންބޭނުންވި 15 އަހަރުގެ ދަރިފުޅު މަހުމޫދުގެ މޫނުގައި ދަހްދޫހް އަތްކާތަމުން ދިޔަ ހިތްދަތި މަންޒަރު އެ ފޫޓޭޖުން ފެނިގެން ދެއެވެ.

ދަހްދޫހް ބުނީ މިއީ ކުޑަކުދިންނާއި، އަންހެނުންނާއި ޢާންމުންނަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާއެއް ކަމަށެވެ. އަދި ޔަރްމޫކުންވެސް މިފަދަ ހަމަލާއެއް ރިޕޯޓުކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އިސްރާއިލުންގެ ރެއިޑްތައް އަމާޒުކޮށްފައިވަނީ ނޫސެއިރާތު ހިމެނޭގޮތައް އެކި ސަރަހައްދުތަކަށް ކަމަށް އެނާ ބުންޏެވެ.

"އިސްރާއިލުގެ އިސްތިއުމާރުން މި މީމީހުންނަށް އަދަބު ނުދީ ދޫކޮށްނުލާނެ ކަމާމެދު އަހަރެމެން ޝައްކު އުފެދުނު. އަދި ހިތާމައަކީ މިގޮތައް ކަންހިނގައި ދިޔަކަން." ދަހްދޫހް ފެންކަޅިވެފައި ބުންޏެވެ.

ރޭގެ ހަމަލާގައި ވާއިލްގެ އާއިލާ އެ ވަގުތު ތިބި އިމާރާތް ބިމާ ހަމަވެގެން ދިޔައިރު، އޭނާގެ އާއިލާގެ ބައެއް މީހުން ވީ ވެއްޓުނު އިމާރާތުގެ ދަށުގައި ވަޅުލެވިފަ އެވެ. ވެއްޓުނު އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުން ދިޔަ ނަމަވެސް، ދިރިހުރި މީހެއް ފެނުމުގެ އުއްމީދު ވަނީ ކުޑަވެފަ އެވެ.

ގާޒާގެ ދެކުނަށްދާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އަސްކަރިއްޔާގެ ހަމަލާތައް ދަތުރުމަތީގައި ތިބި މީހުންނަށާއި ދެކުނުގައި ދިރިއުޅޭ މީހުންނަށް ވެސް ދަނީ އަމާޒުކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް