ފަލަސްތީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލް ރަޤީބް އަޙްމަދު ހަލަފާއި ޝާހިދު ބައްދަލުކުރެއްވީ މިއަދު ފޮރިން މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ހަލަފަށް މަރުޚަބާ ދަންނަވާފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަށް އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ ވަނީ އަރުވާފައެވެ.
ރާއްޖެއިން އަންނަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައްކުށްވެރިކޮށް އދ އަދި އެހެނިހެން ތަންތަނުގައިވެސް ފަލަސަތީނުގެ ދިފާއުގައި ވާހަކަދައްކަމުންނެވެ.
ރާއްޖެއިން ވަނީ މިހަފްތާ ތެރޭގައި ފަލަސްތީނަށް ދެ މިލިއަން މަސްދަޅުގެ އެހީއެއްވެސް ފޮނުވަން ނިންމާފައެވެ.