ރާއްޖޭގެ ސަރަޙައްދަށް ވަދެ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަންއުޅުނު ބޭރުގެ ފަސް މަސްބޯޓެއް ޖޫރިމަނާ ފައިސާ ދެއްކުމުން ވަނީ ދޫކޮށްލާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޖޫރިމަނާ ދެއްކުމުން ދޫކޮށްލާފައިވަނީ ރާއްޖޭގެ ސަރަޙައްދަށް ހުއްދަނެތި ވަދެ، ޤާނޫނާ ިލާފަށް މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ކޯސްޓް ގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓެވެ.
އެތަނުން ކޮންމެ ބޯޓެއް ވަނީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޖޫރިމަނާގެ ގޮތުގައި ޖުމްލަ ގޮތުގައި ފަސްލައްކަ ރުފިޔާވަނީ ދަޢުލަތަށް ދައްކުމުން އެ ފަސް ބޯޓުވަނީ ދޫކޮށްލާފަ އެވެ.
އެ ފަސް ބޯޓަކީވެސް އަވަށްޓެރި ލަންކާއަށް ނިސްބަތްވާ ބޯޓުތަކެވެ.