ads
ކުމުންދޫ މުބާރާތުގެ ތެރެއިން
އިންޒާރުތަކާ ހެދި ކުމުންދޫ ފުޓްސަލް މުބާރާތް ނިންމާލައިފި
މުބާރާތް ކުރިޔައް ގެންދިޔުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާ އަށާއި މުވަޒަފުންނަށް ގެންލުން ތަކެއްލިބި މާރާމާރީ ހިންގާނެކަމުގެ އިންޒާރުދީފައިވާ ކަމަށްބުނެ، ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ހދ. ކުމުންދޫގައި ބާއްވާ މިއަހަރުގެ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ނުނިމެނީސް ހަމަނުޖެހުންތަކަކާ ގުޅިގެން މުބާރާތް ވަނީ މެދުކަނޑާލައިފައެވެ. ކައުންސިލުން މަސައްކަތް ކުރީ މިއަދު މުބާރާތް ނިންމާށެވެ.

ކުމުންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ނިންމުމަށް މިއަދަށް ތާވަލުކޮށް ޓީމުތަކަށް އަންގާފައިވީ ނަމަވެސް، އިތުރަށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާއަށާއި މުވަޒަފުންނަށް ގެއްލުންތަކެއް ލިބި، މާރާމާރީ ހިންގާނެކަމުގެ އިންޒާރު މިއަދު ކައުންސިލް އިދާރާއަށް ބަޔަކު ގޮސް ދީފައިވާ ކަމަށެވެ.

"އެހެންކަމުން އިތުރަށް ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދޭން މި ކައުންސިލުން ބޭނުންނުވާތީ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 އިތުރަށް ކުރިއަށް ނުގެންދާނެއެވެ. މިކަމަށްޓަކައި ރަށުގެ ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ..،" ކުމުންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މެދުކަނޑާލަން ޖެހުނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ.

ކުމުންދޫ މުބާރާތުގެ ފިރިހެން ޑިވިޝަން ފަނިވެފައިވީނަމަވެސް އަންހެން ޑިވިޝަންގެ ފައިނަލް މެޗު މިދިޔަ ހޯމަ ދުވަހު ކުޅުނެވެ. އެ މެޗުގައި 2-0ގެ ނަތީޖާއަކުން ބީޗް ސިޓީ ވިމެންސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް