މުޅިން އަލަށް ޓީޓީ އެސޯސިއޭޝަން ކަޕުގައި ވާދަކޮށް، ދީމާވަނީ ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި 17 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މި މުބާރާތުގެ ސިންގަލްސް އިވެންޓްގެ ދެވަނަ ހޯދީ މިޝްކާ މުހައްމަދު އިބްރާހިމެވެ. އޭނާ އާއި ދީމާ ޕެއާވެ ވަނީ ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ދީމާ ހޯދީ ފިރިހެން ސިންގްލްސް ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލާ ހިއްސާ ވެގެންނެވެ.
ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސީނިއާ ސިންގަލްސް އިވެންޓްތައް ކުޅުނީ ލީގު އުސޫލުންނެވެ. އެ އިވެންޓްގައި ދީމާ ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. މުޅި އިވެންޓްގައި ވެސް ދީމާ ބަލިވީ އެންމެ ސެޓަކުންނެވެ.