އީއެސްޕީއެނުން ބުނެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ކްލަބް އަލް ނަސްރުން ކެވިން ޑިބްރޭނާގެ އޭޖެންޓާ އެކު މަޝްވަރާ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ސައުދީ އަރަބިއްޔާގެ އޮފިޝަލުން ވަނީ 2024 ވަނަ އަހަރު ސިޓީގެ ތަރި ކެވިން ޑިބްރޭނާ ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ކަމަށް އިތުބާރު ހިފޭ އެހެން ބައެއް ރިޕޯޓްތައްވެސް ބުނެއެވެ.
އުމުރުން 32 އަހަރުގެ ޑިބްރޭނާއަކީ ޝައްކެއްވެސްނެތްގޮތުގައި ދުނިޔޭގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. ސިޓީގައި 96 ގޯލާއި 153 އެސިސްޓް ހެދިއިރު ޗެމްޕިއަންސް ލީގާއި ފަސް ޕްރިމިއާ ލީގާއި ދެ އެފްއޭ ކަޕާއި ފަސް ލީގު ކަޕާއި ޔޫއެފާ ސުޕަ ކަޕް އޭނާ ކާމިޔާބުކޮށްފައިވެއެވެ.
އަލްނަސްރުގައި ރޮނާލްޑޯއާއެކު މިހާރުވެސް ސާޑިއޯ މާނޭވެސް ހިމެނެއެވެ.